
-1790261966339.jpeg?w=3840&q=75)







-
ދުރާލައި ވިސާ ނެގުމަކާ ނުލައި ދިވެހިރައްޔިތުންނަށް ބެލަރޫސްއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ޤައުމާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރސް މެކްސިމް ރޫޖެންކޯވް އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތައް:
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާވެ، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އައު ދޮރުތައް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއާއި ބެލަރޫސްގެ ގުޅުން ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ދިވެހި ޚާރިޖިއްޔާގެ އިސް ވަފުދެއް ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކުރައްވައި، އެ ޤައުމުގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާއެކު ތާރީޚީ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާފައެވެ. އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ޞިއްޙަތު، ތަޢުލީމު، ކާބޯތަކެތި އަދި މެޝިނަރީ ފޯރުކޮށްދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އިޤްތިޞާދީ އަދި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

-1790261966339.jpeg?w=3840&q=75)


