





%20(3).jpeg?w=3840&q=75)

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިޒްރޭލުގެ ސަރަހައްދަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ރޮކެޓު ފޮނުވާލާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ލުބުނާނުން ރޮކެޓް ތަކެއް ފޮނުވާލުމުން އިޒްރޭލުގެ މެޓޫލާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.
އިޒްރޭލުގެ އުތުރުގައި އޮންނަ މެޓޫލާ ކައުންސިލްގެ ވެރިޔާ ޑޭވިޑް އަޒައުލައި އިޒްރޭލުގެ ނޫހެއް ކަމަށްވާ ޔެޑިއޯތު އަހްރޯނޯތު އަށް މައުލޫމާތު ދިން ގޮތުގައި މިއަދުގެ ހެނދުނުން ފެށިގެން އެ ސިޓީއާ ދިމާލަށް އަށް ރޮކެޓް ސެލްވޯ ހިޒްބުالله އިން ވަނީ ފޮނުވާލާފައި އެވެ. އެގޮތުން އޭނާ ބުނީ މި ހަމަލާތަކުގައި މެޓޫލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ޔެޑިއޯތު އަހްރޯނޯތު ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުالله އިން ވަނީ ހެނދުނުން ފެށިގެން އިސްރާއީލަށް 60 މިސައިލް ފޮނުވާލައިފަ އެވެ.
މި ހަމަލާތައް މެޓޫލާގެ ގިނަ އިމާރާތްތަކަކަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުެ އަސްކަރިއްޔާއިންވެސް ވަނީ ހިޒްބުالله ގެ ގިނަ ރޮކެޓު ހަމަލާތަކެއް އިޒްރޭލަށް އަމާޒުވެފައިވާ ކަން ރަސްމީކޮށް ހާމަކޮށްފައެވެ.





