
އިރާނުގެ އެންމެ މަތީ ލީޑަރުގެ ޚާއްސަ މަންދޫބަކު ކުއްލި ގޮތަކަށް ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އީރާނުގެ ސުޕްރީމް ލީޑަރުގެ ހާއްސަ މަންދޫބެއް ކަމަށްވާ އަލީ ލާރިޖާނީ ބެއިރޫތަށް ވަޑައިގެން ލުބުނާނުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
އަދި ބެއިރޫތަށް ވަޑައިގަތުމަށް ފަހު ލާރިޖާނީ ސީރިއާގެ ވެރިރަށް ދިމިޝްގަށް ވަށައިގެން އެގަމުގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.
އީރާނުގެ މިފަދަ އިސް އޮފިޝަލަކު ލުބްނާނަށް ކުރައްވާ ދަތުރުފުޅަކީ ހިޒްބުاللهގެ އެންމެ ގާތް އެކުވެރިއެއް ކަމަށްވާ ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެރީއަށް އެމެރިކާއިން ލުބްނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަނގުރާމަ ހުއްޓާލުމުގެ ޑްރާފްޓް ހުށަހެޅުއްވިކަން އިއުލާނުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަމަޖެހިގެން ދިޔަ ދަތުރެކެވެ.
ބެލެވޭ ގޮތުގައި އެމެރިކާއިން ހުށަހެޅި ކަރުދާހަށް ލުބުނާނާއި ހިޒްބުالله އިން ގޮތެއް ނިންމާނީ ސުޕްރީމް ލީޑަރުގެ ހާއްސަ މަންދޫބެއް ކަމަށްވާ އަލީ ލާރިޖާނީ އާއި އެކު މިއަދު ބާއްވާ ބައްދަލުވުމަށްފަހުގައި އެވެ.
ގުޅުންހުރި

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ, އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ލުބުނާނުގެ 6 މީހަކު ޝަހީދުވެއްޖެ

ލުބްނާނުގެ ރައީސްކަމަށް އަސްކަރިއްޔާއާއި ހަވާލުވެގެން ހުންނެވި ޖޯސެފް އައުން އިންތިހާބުކޮށްފި

މިއަދު އެކަނިވެސް ޔަހޫދީންގެ 70 އަށްވުރެ ގިނަ ވައިގެ ހަމަލާ ލުބުނާނަށް!
