
އިޒްރޭލުން މިއަދު ޣައްޒާއަށް ދިން ނިރުބަވެރި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް!
# ޣައްޒާއިޒްރޭލުން މިއަދު ޣައްޒާއަށް ދިން ނިރުބަވެރި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

ޣައްޒާގެ ބެއިތް ލަހްޔާގައި ހުންނަ އާއްމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް އިޒްރޭލުން މިއަދު ދިން ނިރުބަވެރި ހަމަލާގައި 109 މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ އެހީތެރިންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
އިޒްރޭލުން މިއަދު ހަމަލާދިން އިމާރާތަކީ 200 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިމާރާތެކެވެ. އެ އިމާރާތަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މިދިޔަ އަހަރު އޮކްޓޯބަރ 7ގެ ހަމަލާއަށްފަހު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 43000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަަދަދު 100,000 އަށްވުރެ މައްޗަށް އަރައެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



