
ތަފާތުބޮޑު ނަތީޖާއަކުން ހަސްކީސް ބަލިކޮށް ޒެފްރޯލް އިން މުބާރާތް ފެށީ އިތުބާރާއެކު
# ގައުމީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރުހަސްކީސް އާއި ޒެފްރޯލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާއު ގުރެފިކްސް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މިރޭ ހަސްކީސް އާއި ޒެފްރޯލް ކުޅުނު މެޗު ފަސޭހަކަމާއެކު 41-3 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ޒެފްރޯލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޒެފްރޯލުން މެޗު ޑޮމިނޭޓް ކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 18 ލަނޑުގެ ބޮޑު ލީޑަކާއެކު 2-20 ގެ ތަފާތުބޮޑު ނަތީޖާއަކުން ޒެފްރޯލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 21 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ހަސްކީސްއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
އެގޮތުން މިމެޗުގައި ޒެފްރޯލްގެ ފާތުމަތު ލީމް ބިންތު ޔާސިރު 11 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ޝަފާ ހަ ލަނޑު އަދި އާމިބަތު އިބާ އިބްރާހިމް ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ފާތުމަތު ޒާރާ ޝަހީމް އަދި އައިޝަތު ޒާނާ ޖިނާހު އަބްދުލް ހަންނާނު މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ކައުސަރު އާދަމް ސައީދު ތިން ލަނޑު އަދި އާމިނަތު ޒައިނާ ރިޔާޒް، ފާތުމަތު ރިޔުޒް ޝަރީފް އަދި މަރިޔަމް ޝަނީޒާ މިއިން ކޮންމެ ކުޅުންތެރިއަކު ވާނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ފާތުމަތު ލުބުނާ އަދި ސީމާ ރަޝީދާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ހަސްކީސްގެ މަރިޔަމް ރާޔާ އަބްދުލް މާޖިދު، ފަތުމަތު ޝިބާ އަދި ސައުނާ ސާމިއު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފްރޯލްގެ ފާތުމަތު ލީމް ބިންތު ޔާސިރު އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
