
ފަސޭހަ ކަމާއެކު ފުލިދޫ ބަލިކޮށް ވެސްޓް އެންޑުން ފެށުން ރަނގަޅުކޮށްފި
# ދިވެހި ކުޅިވަރު # ގައުމީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސްފުލިދޫ އާއި ވެސްޓް އެންޑް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާއު ގުރެފިކްސް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި މިރޭ ފުލިދޫ އާއި ވެސްޓް އެންޑް ކުޅުނު މެޗު ފަސޭހަކަމާއެކު 34-03 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެސްޓް އެންޑް ކާމިޔާބުކޮށްފިއެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ވެސްޓް އެންޑްއިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 17-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްޓްއެންޑް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 17 ލަނޑު ކާމިޔާބުކުރި އިރު, މިހާފުގައި ފުލިދޫ އަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ތިން ލަނޑެވެ.
އެގޮތުން މިމެޗުގައި ވެސްޓް އެންޑްގެ އައިޝަތު އީޝަލް އަލީ ދިހަ ލަނޑު ކާމިޔާބުކުރިއިރު, އެޓީމުގެ އަލްވާ އާދިލް ވަނީ ހަ ލަނޑު އަދި އައިޝަތު ރަނާ ނަސީރު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން އާއިޝަތު އާލާ އަލީ, އައިޝަތު ލިވާ އިބްރާހިމް މިއިން ކޮންމެ ކުޅުނުތެރިޔަކު ތިން ލަނޑު އަދި ޒަހާ ހުސައިން, އާމިނަތު މާނާ ނާޒިމް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން އާމިނަތު ހިލްޔާ ހިލްމީ, އައިޝަތު އާލާ ހުސައިން މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން މި މެޗުގައި ފުލިދޫގެ ފާތިމަތު ޔަހުޔާ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު, އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު އުލާ އާދަމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްޓް އެންޑްގެ އައިޝަތު އީޝަލް އަލީ އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގުރުލުން ބާއްވައިފި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގައި މިއަހަރު 32 ޓީމު ބައިވެރިވެއްޖެ
އައިއެޗްއެފް ޓްރޮފީ ވުމެންސް ޒޯން 3 ގެ ރެފްރީންގެ ގޮތުގައި ރައްފު އަދި ޝިޒޫ
