logoEN
PNC TOP 3
ބެއިރޫތުގެ ހޮސްޕިޓަލެއް ކައިރިއަން ޔަހޫދީން ބޮން އަޅައިފި, ޝަހީދުވި މީހުންގެ އަދަދު 18 އަށް!

ބެއިރޫތުގެ ހޮސްޕިޓަލެއް ކައިރިއަން ޔަހޫދީން ބޮން އަޅައިފި, ޝަހީދުވި މީހުންގެ އަދަދު 18 އަށް!

އަހުމަދު ޝުރާއު

logo

10/22/2024, 2:33:34 PM

# ލުބުނާން - އިސްރާއިލް

ލުބުނާނަށް ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގެ ތެރެއިން މިއަދު ވެރިރަށް ބެއިރޫތުގައި ހުންނަ ހޮސްޕިޓަލަކާއި ކައިރި ސަރަހައްދަކަށް ޔަހޫދީން ބޮން އަޅައިފި އެވެ.

PNC MID 2

ރިޕޯޓުތައް ބުނާގޮތުގައި ބެއިރޫތުގެ ރަފީކް ހަރީރީ ޔުނިވާސިޓީ ހޮސްޕިޓަލް ކައިރީގައި ހުރި ތަނަކަށް އިޒްރޭލުން ވައިގެ ހަމަލާއެއް ދިނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

މި ހަމަލާއާއި ގުޅިގެން މީހުން ސަލާމާތްކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިޔަށްދާއިރު މި ހަމަލާގައި މިހާތަނަށް ލުބުނާނުގެ 18 މީހަކު ވަނީ ޝަހީދުވެފައި އެވެ. މިއީ ބެއިރޫތުގެ ހޮސްޕިޓަލަކާއި މިހާ ކައިރި ހިސާބަކަށް ޔަހޫދީން ބޮން އެޅި ފުރަތަމަ ފަހަރެވެ.

މި ހަމަލާއާއި ގުޅިގެން 60 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު އޭގެ ތެރެއިން އެތައް ބަޔަކު ހާލު ސީރިއަސް ކަމަށްވެސް ވަނީ ބުނެފައި އެވެ.

މި ހަމަލާއާއި ގުޅިގެން ޔަހޫދީން ބުނީ ހަމަލާ އަމާޒުކުރީ ހޮސްޕިޓަލަށް ނޫން ކަމަށާއި ނަމަވެސް ހަމަލާއަކީ ހިޒްބުالله ގެ ހަނގުރާމަވެރިް ތިބި ތަނަކަށް ދިން ހަމަލާއެއް ކަމަށް ވަނީ ބުނެފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC