logoEN
cocacola
މެސީގެ ހެޓްރިކާއެކު ބޮލީވިއާ އަތުން އާޖެންޓީނާއަށް ފަސޭހަ މޮޅެއް

މެސީގެ ހެޓްރިކާއެކު ބޮލީވިއާ އަތުން އާޖެންޓީނާއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

10/16/2024, 1:52:05 AM

# ވޯލްޑްކަޕް ކޮލިފައިންގ # ބޭރު ދުނިޔޭގެ ކުޅިވަރު# ލިއޮނަލް މެސީ# އާޖެންޓީނާ # ބޮލީވިއާ

މެސީ ބޮލީވިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ވޯލްޑްކަޕް ކޮލިފައިން ދެކޮނު އެމެރިކާ ސަރަހައްދުގައި މިއަދު ހެނދުނު އާޖެންޓީނާ އާއި ބޮލީވިއާ ވާދަކުރި މެޗު ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ކޮލިފައިންގައި އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗުގައި ވެނަޒުއޭލާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ބޮލީވިއާ އެންމެ ފަހުން ކުޅުނު މެޗުގައި، އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ޗިލީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާޖެންޓީނާ އެވެ.

މިމެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު އެޓީމުގެ ލައުޓާރޯ މާޓިނޭޒް، ޖޫލިއަން އަލްވަރޭޒް އަދި ތިއާގޯ އަލަމޭޑާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި މެސީ ކާމިޔާބުކުރި ތިން ލަނޑާއެކު ގައުމީ ޓީމަށް ކުޅުނު 189 މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 112 އަށް އަރާފައެވެ.

މިނަތީޖާއެކު ކޮލިފައިންގައި ކުޅުނު 10 މެޗުން އާޖެންޓީނާއަށް 22 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބޮލީވިއާއަށް ކުޅުނު 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ މިސަރަހައްދުގެ ހަތް ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ