
ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
# އިނގިރޭސިވިލާތްއިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަރުކަށި ފިކުރުގެ އިސްރާއީލު ވަޒަންވެރިން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު ތައް އިއުލާނުކޮށްފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ މުޖުތަމައުތަކާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ދިން 1،400 އަށް ވުރެ ގިނަ ހަމަލާ އދއިން ރެކޯޑްކޮށްފައިވެއެވެ.
އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅުތަށް އެޅީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މުޖުތަމައުތަކާ ދެކޮޅަށް "ތާއީދުކޮށް، ހިތްވަރުދީ، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ" ތިން ޖަމިއްޔާއަކަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ އިސްރާއީލު ސަރުކާރުގެ "ނުކުޅެދުންތެރިކަމުގެ" ސަބަބުން ވަޒަންވެރިންގެ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި އިތުރުވާން ފަށާފައިވާ ކަމަށެވެ.
"މިއަދު އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މިފަދަ ނުރައްކާތެރި އަމަލުތަކަށް ތާއީދުކޮށް، އަމަލުކޮށްފައިވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިވެގެންދާނެ. " އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ އިޒްރޭލު ސަރުކާރުން ވަޒަންވެރިންގެ ހަމަނުޖެހުންތައް ހުއްޓުވައި ފަލަސްތީނުގެ ބިމުގައި ވަޒަންވެރިން އިތުރުކުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައިއެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ޖަވާބުދާރީ ނުވެ ތިބޭހާ ހިނދަކު އިނގިރޭސިވިލާތާއި ބައިނަލްއަގްވާމީ މުޖުތަމައުން މިފަދަ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ވިދާޅިވިއެވެ.
ގުޅުންހުރި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!

ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
