
-
ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ, އިގްތިސާދު ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހަރަދުކުޑަކުރުމަށް 228 ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ލަފާދެއްވާފައިވާ ކަމަށެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރައްވާ ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަކި ކުރަން ނިންމި 228 މުވައްޒަފުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.
މަގާމުން ވަކިކުރަން ނިންމި އަދަދުތައް
7 ސްޓޭޓް މިނިސްޓަރުން
43 ޑެޕިއުޓީ މިނިސްޓަރުން
109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން
69 ޕޮލިޓިކަލް ޑިރެކްޓަރުން
މިއާއެކު މިބޭފުޅުންގެ މުސާރާއާ އިނާޔަތްތަކަށް ދައުލަތުން މަހެއްގެ މައްޗަށް ހޭދަކުރަމުންދިޔަ 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ގުޅުންހުރި

ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްދޫ ކަލައިދޫގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން - ރައީސް
.jpg&w=3840&q=75)
އިސްދޫގައި އިންޑޯރ ބެޑްމިންޓަން ކޯޓެއް އަޅައިދެއްވުމަށް ރައީސްގެ އަރިހުން އެދެފި





