
--
މެލޭޝިޔާގައި ބޭއްވި ބައިނަލަގްވާމީ ގުރުއާން މުބާރާތަކުން ދިވެހި ދަރިވަރަކު 3 ވަނަ ހޯދައިފި އެވެ.

މެލޭޝިއާގައި އިއްޔެ ނިމުނު 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްޤުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ މުބާރާތުގައި ތިން ވަނަ ހޯދީ އެމުބާފާތުގައި ރާއްޖެ ތަމްސީލްކުރި ދަރިވަރު ފާތިމަތު ޝާޔާ ޒާހިރު އެވެ. ޝާޔާ 3 ވަނަ ހޯދީ މުޅި މުބާރާތުންނެވެ.
މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވަނީ ވާދަކޮށްފައެވެ.
ޝާޔާއަކީ އިސްކަންދަރު ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. ޝާޔާ ޤުރުއާން ހިތުދަސްކުރައްވާފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ.
ޝާޔާ ހޯދި ކާމިޔާބީއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މަރުހަބާ ދަންނަވާފައެވެ.
ގުޅުންހުރި

ޝެއިހް ފަރީދު އަވަހަރާވެއްޖެ

މެލޭޝިއާގެ އެންމެ ބޮޑު އެއްކުންފުނި، ބަރޖާޔާ ކޯޕަރޭޝަންގެ އެޑްވައިޒަރު، ރައީސް މުއިއްޒު އާއި ބައްދަލުކުރައްވައިފި

ރާއްޖެއިން ބޭރުގައި ފުރަތަމަ ފަހަރަށް އައިޑީކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި: ފުރަތަމަ ގައުމަކަށް މެލޭޝިއާ!
