.jpg&w=3840&q=75)
ފަތުރުވެރިކަމާއި ވިޔަފާރީގެ މަޝްވަރާތަކަށް ރައީސް މުއިއްޒު އާއި ދިވެހި ވަފުދު މުމްބާއީއަށް!
# ރާއްޖެ-އިންޑިއާ# ރައީސް މުއިއްޒު---
ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ވިޔަފާރީގެ މައި އެއް ހަބު ކަމަށްވާ މުމްބާއީއަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދު މުމްބާއީއަށް ވަޑައިގެންނެވި މިއަދު މެންދުރުގެ ވަގުތުގައި އެވެ. އެގޮތުން ދިއްލީއިން މިއަދު ހެނދުނު ރައީސް މުއިއްޒު އިންޑިއާގެ އާގްރާއަށް ވަޑައިގެން އާގްރާގައި ހުންނަ އިންޑިއާގެ އެންމެ ތާރީހީ އެއް ބިނާ ކަމަށްވާ ތާޖް މަހަލްއަށް ޒިޔާރާތް ކުރެއްވި އެވެ.
އެޔަށްފަހު ރައީސްގެ ދެކަނބަޅުންނާއި ދިވެހި ވަފުދު އިންޑިއާގެ މުމްބާއީއަށް ވަޑައިގަތުމުން މުމްބާއީގެ އިސް އޮފިޝަލުން ރައީސް މުއިއްޒު އަށް ވަނީ މަރުހަބާ ދަންނަވާފައި އެވެ.
ރައީސް އާއި ދިވެހި ވަފުދު މުމްބާއީއަށް ވަޑައިގެންނެވީ ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ބައެއް އިވެންޓުތަކުގައި ބައިވެރިވެވަޑައިގަތުމަަށެވެ. އެގޮތުން މިއަދު މެންދުރު ފަހު ގެ ވަގުތުތަކުގައި މި އިވެންޓުތައް ކުރިޔަށްދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މުމްބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ވެސް ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
މުމްބާއީއަށް ފަހު ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ އިންޑިއާގެ ބެންގަލޫރަށެވެ. ބެންގަލޫރަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ ސިޓީއަކަށް ވާއިރު ރައީސްގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނި އެސިޓީގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް މަޝްވަރާކުރައްވާފައި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.
ގުޅުންހުރި

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރި ކޮމިޝަން އުވާލައިފި

ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސްގެ އިލްތިމާސް!
