





.jpeg?w=3840&q=75)


ހަމާސްގެ އަލްޤާސަމް ބްރިގޭޑްގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައީދު އަތަالله އާއި އޭނާގެ އާއިލާގެ ތިން މެމްބަރަކު މިއަދު ހެނދުނު ޝަހީދުކޮށްލީ ޔަހޫދީ ލުބުނާނަށް ދިން ހަމަލާއެއްގައި އެވެ.
އޭނާ ޝަހީދުވީ ލުބުނާނުގެ އުތުރުގައި އޮންނަ ޓްރިޕޮލީގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ހަމަލާގައި ދެން ޝަހީދުވީ އޭނާގެ އަންހެނުންނާއި ދެ ދަރިންނެވެ.
މި ހަމަލާއާ ގުޅިގެން އިޒްރޭލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ ޔަހޫދީން ލުބުނާނުގެ އުތުރުގައި އޮންނަ ޓްރިޕޮލީއަށް ހަމަލާދިން ފުރަތަމަ ފަހަރެވެ,







