logoEN
cocacola
އިރާގުން އިޒްރޭލަށް ދިން ހަމަލާގައި ޔަހޫދީ ދެ ސިފައިން މަރާލައިފި

އިރާގުން އިޒްރޭލަށް ދިން ހަމަލާގައި ޔަހޫދީ ދެ ސިފައިން މަރާލައިފި

އަހުމަދު ޝުރާއު

logo

10/4/2024, 2:11:49 PM

# އިރާގު

-

އިރާގުން އިޒްރޭލަށް ދިން ހަމަލާގައި ޔަހޫދީ ދެ ސިފައިން މަރާލައިފި އެވެ.

ގޮސިޔާ

އިސްރާއީލުގެ އަމާޒުތަކަށް ތިން ޕްރޮޖެކްޓައިލް ފޮނުވާލާފައިވާ ކަމަށް އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ. އިރާގުގައި ހަރަކާތްތެރިވާ އީރާނާ ގުޅިފައިވާ ސިފައިންގެ ގްރޫޕުން ބުނީ އިސްރާއީލުގެ ހިފާފައިވާ ގޯލާން އަދި ޓިބީރިއާސްގެ ތިން އަމާޒަކަށް އަމާޒުކޮށް ޕްރޮޖެކްޓަލްތަކެއް މިއަދު ފޮނުވާލާފައިވާ ކަމަށެވެ. އިރާގުގެ އިސްލާމިކް ރެސިސްޓަންސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ސިފައިންގެ މި ހަމަލާތަކަކީ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކެއް ކަމަށާއި ހަމަލާތައް ދީފައިވަނީ ހުކުރު ދުވަހުގެ ފަތިހު ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން ބުނީ މި ހަމަލާގައި އިޒްރޭލުގެ ގޯލަންގެ އަސްކަރީ މަރުކަޒަކަށް ޑްރޯނެއް ވެއްޓި ޔަހޫދީ ދެ ސިފައިން މަރުވެ އެތަކެއް ސިފައިން ޒަހަމްވެފައިވާ ކަމަށެވެ.

އެގޮތުން 23 ޔަހޫދީ ސިފައިން ޒަހަމްވެފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ