އިޒްރޭލް އަސްކަރިއްޔާއިން ލުބުނާނަށް އަރައި އުޅެނިކޮށް ހިޒްބުاللهގެ މުޖާހިދުންނާ ކުރިމަތިލާން ޖެހި އިޒްރޭލުގެ އިތުރު ސިފައިންތަކެއް މަރުވެއްޖެ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުاللهގެ ހަމަލާތަކުގައި އިޒްރޭލުގެ 8 ސިފައިން ވަނީ މަރުވެ, ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައެވެ.
މިއަދު ދެކުނު ލުބުނާނުގެ އަޑެއްސޭ ވިލެޖް ގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކާ ގުޅިގެން އިޒްރޭލު ސިފައިން ވަނީ އެ ސަރަހައްދުން ފަހަތަށް ޖެހި މަރުވި މީހުންނާއި ޒަހަމްވި މީހުން ގޮވައިގެން އެނބުރި ގޮސްފައެވެ. އިޒްރޭލު ސިފައިން ފަހަތަށް ޖެހޭ މަންޒަރުފެންނަ ވީޑިއޯތަކެއްވެސް ވަނީ އާއްމުވެފައެވެ.
މިކަމާ ގުޅިގެން ހިޒްބުالله އިން ބުނީ އެ ޖަމާއަތުގެ މުޖާހިދުން ތިބީ ތައްޔާރަށް ކަމަށާއި, މި ކުރިމަތި ލުމަކީ އަދި ކުޑަ މިންވަރެއް ކަމަށެވެ.





.jpeg?w=3840&q=75)




.jpeg?w=3840&q=75)



