.jpg?w=3840&q=75)






އިޒުރޭލުގެ ހައިފާ ސިޓީއަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާ ފޮނުވާލާފައިވާ ކަމަށ ހިޒްބުالله އިން ބުނެފި އެވެ.
ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله އިން ބުނީ, އިޒްރޭލުގެ ޕޯޓް ސިޓީއަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ. މި ހަމަލާތަކުުގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުންވެސް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންވެސް ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. ހޫތީ އަސްކަރިއްޔާހެ ތަރުޖަމާން ޔަހްޔާ ވިދާޅުވީ, ހޫތީން އިޒްރޭލަށް ފޮނުވާލި ރޮކެޓް ހަމަލާތައް ކާމިޔާބުކަމާއެކު އަމާޒަށް ވާސިލްވި ކަމަށެވެ. އަދި އީރާނުން ދިން ހަމަލާއަށް ޔަހްޔާ ވަނީ ތައުރީފްކޮށްފައެވެ. މި ހަމަލާތަކުގައިވެސް އެއްވެސް މީހަކަށް އަނިޔާލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ހިޒްބުالله އިން މިފަދަ ހަމަލާއެއް ދީފައިވަނީ އީރާނުންވެސް 200 އެއްހާ ރޮކެޓް ހަމަލާ އިޒްރޭލަށް ދީފައިވަނިކޮށެވެ.
.jpg?w=3840&q=75)




