.jpeg&w=3840&q=75)
އީރާނުން އިޒްރޭލަށް ހަމަލާދޭން އުޅޭ ކަމުގެ ރިޕޯޓުތަކާއި އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިން އިންސައްތަ އުފުލިއްޖެ
# އިރާންއީރާނުން އިޒްރޭލަށް ހަމަލާދޭން އުޅޭ ކަމުގެ ރިޕޯޓުތަކާއި އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިން ޕަސެންޓް އުފުލިއްޖެ އެވެ.

އިރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިޝާރާތެއް ލިބިފައިވާކަން ހާމަކުރީ އެމެރިކާ ސަރުކާރުންނެވެ. އެގޮތުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ކުރިޔަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އިޒްރޭލަށް ހަމަލާދޭން ފަށާނެ އެވެ.
އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކާއި ހަވަލާދީ ރިޕޯޓުކުރުމާއި އެކު ބައިނަލްއަގުވާމީ ބާޒާރުތަކުގައި ތެޔޮ ފީފާއެއްގެ އަގު އުފުލިފައިވާކަން ބޭރުގެ ނޫސްތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެެ.
މިގޮތުން، ބްރެންޓް ކްރޫޑް 3 އިންސައްތައިން އިތުރުވެ ފީފާއެއްގެ އަގު 73 ޑޮލަރަށް އަރާފައިވާއިރު، ޔޫއެސް ޓެކްސަސަް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުވެސް 2 އިންސައްތަ އިތުރުވެ ފީފާއެއްގެ އަގު 70 ޑޮލަރަށް ވަނީ މަތިވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ މަޝްރަހު ހޫނުވެ ގަލްފުން ތެޔޮ ބޭރުކުރަން ބޭނުންކުރާ ހޮރްމޫޒް ކަނޑުއޮޅި އިރާނުން ބަންދުކޮށްފާނެ ކަމުގެ ބިރެވެ.
ހިޒްބުالله ގެ ލީޑަރު ހަސަން ނަސްރަالله އާއި އެކު މިދިޔަ ހުކުރު ދުވަހު ޝަހީދުކޮލި ގުދުސް ފޯސްގެ އިސް ކޮމާންޑަރެއް ކަމަށްވާ އައްބާސް ނިލްފޯޝަން މަރާލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އިރާނަަށް ހަމަލާދޭން ތައްޔާރުވަމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެމެރިކާއި އިޒްރޭލު ޖޮއިންޓް އެކްސަސައިޒްއަކަށް!

އީރާނުގެ ސުޕްރީމް ލީޑަރުގެ އެކްސް އެކައުންޓެއް ސަސްޕެންޑުކޮށްފި

އިރާނުގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް!
