logoEN
cocacola
އިންހައުސް ޓްރެއިނަރުން ބޭނުންކޮށްގެން އެމްއޭސީއެލުން ކުރިޔަށް ގެންދިޔަ ފުރަތަމަ ބޭސިކް ފަޔަރ ފައިޓާރ ކޯސް ނިންމާލައިފި

އިންހައުސް ޓްރެއިނަރުން ބޭނުންކޮށްގެން އެމްއޭސީއެލުން ކުރިޔަށް ގެންދިޔަ ފުރަތަމަ ބޭސިކް ފަޔަރ ފައިޓާރ ކޯސް ނިންމާލައިފި

އަހުމަދު ޝުރާއު

logo

9/26/2024, 3:08:49 PM

# އެމްއޭސީއެލް

--

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމެޓޑް ( އެމްއޭސީއެލް) އިން ކުރިޔަށް ގެންދިޔަ ބޭސިކް ފަޔަރ ފައިޓާ ކޯހުގެ 19 ވަނަ ބެޗު ނިމިއްޖެ އެވެ.

ގޮސިޔާ

12 ބައިވެރިންނާއިއެކު މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ފާސްކޮށްފައިވާ ބޭސިކް ފަޔަރ ފައިޓަރ ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި އެއާޕޯޓު ވައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލާތްތަކަށް ރައްދުދިނުމަށް ފަޔަރ ފައިޓަރުން ތަމްރީން ކުރާ ކޯހެކެވެ.

ބޭސިކް ފަޔަރ ފައިޓަރ ކޯހަކީ އޭވިއޭޝަން ސޭފްޓީއަށް މުހިންމު ކޯހަކަށް ވާއިރު ފަޔަރ ފައިޓަރުންނަށް ކުއްލި ހާލާތްތަކާއި ކުރިމަތިލާން މި ކޯހުގައި ހުނަރު ލިބިގެންދާނެ އެވެ.

މިއީ އެމްއޭސީއެލްގެ އިން ހައުސް ޓްރެއިނަރސް ބޭނުންކޮށްގެން މި ކޯސް ކުރިޔަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އެމްއޭސީއެލުން ބުނީ މިކަމުން ހާމަކޮށްދެނީ އެކުންފުނީގެ އިން ހައުސް ޓްރެއިނަރސްގެ ގާބިލުކަން އިތުރުވެފައިވާ މިންވަރު ކަމަށާއި އަދި ރާއްޖޭގެ ޓެކްނިކަލް ދާއިރާތަކުގައި މީހުން ބިނާ ކުރުމަށް އެކުންފުނިން ދޭ އަހައްމިއްޔަތު ކަން ކަމަށެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ޑީއެމްޑީ މުހައްމަދު ލަމްއާން ވިދާޅުވީ މި ކޯސް ފުރިހަމަކަމާއިއެކު ނިމިގެން ދިޔުމުން އެނގިގެންދަނީ އިންހައުސް ޓްރެއިނިންގ ނިޒާމްގެ ހަރުދަނާކަން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމަށްވެސް ޑީއެމްޑީ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ލާނިންގ އެންޑް ޑިވެލޮޕްމެންޓު ޔުނިޓުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ތަމްރީންތަކެއް ފޯރުކޮށްދެއެވެ.

އެމްއޭސީއެލުން މިއަހަރުގެ ޖޫން މަހު ވަނީ ޒަމާނި ޓެކްނޮލޮޖީތަކުން ތައްޔާރުކޮށްފައިވާ އައު ފަޔާ ސްޓޭޝަނެއް އިފްތިތާހްކޮށް ކުއްލި ހާލާތްތަކުގައި އަވަސް ރައްދު ދިނުމުގެ ގާބިލްކަން އިތުރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ