
ސިޓީ އާއި އާސެނަލްގެ ކުރިމަތިލުން އެއްވަރު
# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# އިގިރޭސި ޕްރިމިއާ ލީގް# އާސެނަލްއާސެނަލް އާއި ސިޓީ ވާދަކުރި މެޗުގެ ތެރެއިން..
އިގިރޭސީ ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލް އާއި ދެކޮޅަށް ޗެންޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއްް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.
އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރިކާޑޯ ކަލަފިއޮރީ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މެޗުގައި އެޓީމަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއަލްއެވެ. މިއީ އެޓިމަށް ލިބުނު ކޯނަރެއްގައި ފޯވާޑް ބަކަޔޯ ސަކާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު 2-1 ގެ ނަތީޖައަކުން އާސެނަލް ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމެންދަނިކޮށް އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ރެފްރީ ވަނީ އެޓީމުގެ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އާސެނަލް އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޑިފެންޑަރު ޖޯން ސްޓޯންސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އިވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން މެންޗެސްޓާ ސިޓިއަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން އާސެނަލްއަށް 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ޕީއެސްޖީ އަތުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި

އެމެރިކާ ބަލިކޮށް މެކްސިކޯ އިން ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށްފި

ކުލަބު ވޯލްޑްކަޕް: ޕަލްމެއިރަސް ކަޓުވާލުމަށްފަހު ޗެލްސީ ސެމީފައިނަލުން ޖާގަ ހޯދައިފި
