logoEN
cocacola
އަނޫޕަމާގެ ބަތަލާ ކާވްޔާ ވަންރާޖް ޝާހް ޝޯއަށް އަލްވަދާއު ކިޔައިފި

އަނޫޕަމާގެ ބަތަލާ ކާވްޔާ ވަންރާޖް ޝާހް ޝޯއަށް އަލްވަދާއު ކިޔައިފި

ސާރާ އަހުމަދު

logo

9/17/2024, 4:56:01 PM

# ބޮލީވުޑް

--

ސްޓާޕްލަސްއިން ގެނެސްދޭ އަނޫޕަމާ ޑްރާމާ ސިލްސިލާއަށް މިފަހުން ގެނައި ތަފާތު ބަދަލުތަކާއި އެކު ފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ގޮސިޔާ

ސުދާންޝޫ ޕާންޑޭ ކުއްލިއަކަށް ޝޯ އިން ވަކިވި ޚަބަރަށްފަހު ދެން އިވިގެން ދިޔައީ ކާވްޔާގެ ކެރެކްޓާ ކުޅުނު މަދަލްސާ ޝަރުމާ ވެސް އަނޫޕްމާ އިން ވަކިވިކަން އިއުލާނު ކުރި ޚަބަރެވެ.

މިހާރު މަދަލްސާ ވަނީ އެ ޝޯގައި އޭނާ ކުޅުނު ކެރެކްޓާއަށް އަލްވަދާއު ކިޔަމުން ސޯޝަލް މީޑިއާއަށް އަސަރުގަދަ ޕޯސްޓެއް ދޫކޮށްލާފައި އެވެ. އެގޮތުން އޭނާގެ ޕޯސްޓު ޚާއްސަ ކުރީ އޭނާގެ ރޯލު ކަމަށްވާ " ކާވްޔާ " އަށެވެ.

"ކާވްޔާގެ ދަތުރުގެ ކޮންމެ ހިނދުކޮޅެއް ވެސް އަހަރެން ހަނދާން ހުންނާނެ. އަދި ފޭނުން އަހަންނަށް ދިން ލޯތްބާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން, ކާވްޔާ އަކީ އަބަދުވެސް ހިތުގައި ހާއްސަ ޖާގައެއް އޮންނާނެ ރޯލެއް، އެކަމަކު ފެށޭ ހުރިހާ ކަމެއް ކޮންމެވެސް ދުވަހަކުން ނިމުމަކަށް އަންނަން ޖެހޭ، ދެން އޮތީ "ކާވްޔާ" އަށް އަލްވަދާއު ކިޔައި އާ ކެރެކްޓާތަކާއި ވާހަކަތައް އެކްސްޕްލޯކުރަން ވީ ވަގުތު،" މަދަލްސާ ޝަރުމާ ބުންޏެވެ.

ޝޯ ގެ ޕްރޮޑިއުސަރުންނަށް ޝުކުރު އަދާކުރަމުން މަދަލްސާ ޝަރުމާ ލިޔެފައި ވަނީ އަނޫޕަމާގެ މުޅި ޓީމަށް ޝުކުރު އަދާކުރާ ކަމަށާއި އެޓީމް ހިއްސާކުރި ފޮނި ހަނދާންތަކާއި ކާވްޔާ ގެ ރޯލު އުފެއްދި ކަމަށްޓަކައި ރާޖަން ސަރ އަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

އޭނާ އެ ނޯޓް ނިންމާލީ އާ ޕްރޮޖެކްޓެއްގައި ވަރަށް އަވަހަށް ސަޕޯޓަރުންނާ ބައްދަލުކުރާނެ ކަމުގެ ވައުދާއެކު އެވެ.

މި ޕޯސްޓު މަދަލްސާ ހިއްސާކުރުމާއެކު އޭނާގެ ފޭނުން ވަނީ އޭނާ މަތިން ހަނދާންވާ ކަމަށް ބުނެ ކޮމެންޓްކޮށްފަ އެވެ. ބައެއް ފޭނުން ވަނީ އޭނާގެ ކުރިމަގުގައި ކުރާ މަސައްކަތްތަކަށް ހެޔޮ އެދުންތައް ފޮނުވައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ