logoEN
cocacola
ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވެއްޖެ, ކުޑަކުއްޖަކުވެސް ހިމެނޭ!

ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވެއްޖެ, ކުޑަކުއްޖަކުވެސް ހިމެނޭ!

އަހުމަދު ޝުރާއު

logo

9/7/2024, 7:40:59 AM

# ޣައްޒާ

ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ވައިގެ ހަމަލާތަކެއްދީފި އެވެ.

ގޮސިޔާ

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ހަމަލާދީފައިވަނީ ވައިގެ މަގުންނެވެ. ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަކީ މިއަދ ހެނދުނުން ފެށިގެން ބުރެއިޖް ރެފިއުޖީ ކޭމްޕަށް ޔަހޫދީން ހަމަލާދިނުމަށް ބޭނުންކުރަމުން ދިޔަ އުޅަނދުތަކުން ދިން ހަމަލާއެއްކަން ވެސް ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ނޫސްތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

ނުސީރަތަށް ދިން ހަމަލާގައި މިހާތަނަށް 5 މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒިރާގެ މަސްދަރުތަކާއި ހަވާލާދީ އަންނަނީ ރިޕޯޓުކުރަމުންނެވެ. އަދި ގިނަ ބަޔަކަށް ބޮޑެތި ޒަހަމްތަކެއްވެސް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝަހީދުވި 5 މީހުންގެ ތެރޭގައި އުމުރުން 3 އަހަރު ނުވާ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ނުސީރަތަކީ ޔަހޫދީންގެ ހަމަލާތައް މީގެ ކުރިންވެސް އެންމެ ބޮޑަށް އަމާޒުވި އެއް ސަރަހައްދެވެ. ޔަހޫދީން ތުހުމަތުކުރާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ގިނައިން ހަރަކާތްތެރިވަމުންދަނީ ނުސީރަތުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ