
ށ. އަތޮޅު ކައުންސިލުން، ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑު ހޭދައެއް
# މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ--
ށ. އަތޮޅު ކައުންސިލުން އެއަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.

މިއީ ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްރޫޢުއެއްކަމަށް އެ އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ށ. ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ އަތޮޅު ކައުންސިލުން 450,120.00 ރުފިޔާ (ހަތަރުލައްކަ ފަންސާސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ޚަރަދުކޮށްގެން، ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާއި ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ފާމްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގޮއިދޫ ކައުންސިލާ ޙަވާލުކޮށްގެންކަމަށް އަތޮޅު ކައުންސިލުން ފާހަގަކުރިއެވެ.
އަތޮޅު ކައުންސިލުން ފާހަގަ ކުރައްވާ ގޮތުގައި މި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު މަޝްރޫޢުތައް އަތޮޅުގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ގުޅުންހުރި

މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކުރާކަމުގެ ޝަކުވާތަކާއިއެކު އިތުރު ބުޅާތައް ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތްކުރަނީ!

އެގްރިކަލްޗަ މިނިސްޓްރީއަށް އޭސީސީން ވަދެފި




