![ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއެކު އެއްބަސްވުމަކަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F47f3d86b-f236-4c29-8db9-0c8fee4b031d-1725620798185.webp&w=3840&q=75)
ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއެކު އެއްބަސްވުމަކަށް!
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ--
ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއް ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ކަޒަކިސްތާނުގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް، މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޖިޓަލް އިންކްލޫޝަން އެންޑް ޓްރާންސްފޮމޭޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.
މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތުއެވެ. ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ، އެޤައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް، އިނޮވޭޝަން އަދި އެއިރޯސްޕޭސް އިންޑަސްޓްރީގެ ވަޒީރު ޒަސްލާން މެޑީވްއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމު ގުޅިގެން، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެއެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާގެ ފަންނީ މަސައްކަތްތަކަށް މީހުން ބިނާކުރުމަށްވެސް އެކުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 3 އިން 5އަށް ކަޒަކިސްތާނުގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ވަޒީރުންގެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. ކިނާނަތު ވަނީ ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ކޮންފަރެންސްގެ އެކި ހަރަކާތްތަކުގައި ރާއްޖެ ތަމްސީލްކޮށްދެއްވާފައިވެއެވެ.