-1725116882433.webp&w=3840&q=75)
މާލެ ސަރަހައްދުގައި އިމާމުވެ ހުކުރުކުރާ އިމާމުންގެ ދަފްތަރު އަަލުން އެކުލަވާލަނީ
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
މާލެ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މާލެ ސީޓީގައި އިމާމުވެ ހުކުރު ނަމާދު ކުރާނެ ޚަޠީބުންގެ ފެންވަރު ވަޒަންކޮށް އަލުން ޚަޠީބުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށިގެން ދާނެކަން އިޢުލާނު ކުރެއްވީ ވަޒީރު ޑރ މުހައްމަދު ޝަހީމްއެވެ.
އަލުން ދަފުތަރު އެކުލަވާލުމުގައި އެކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކަށް ވުޒާރާގެ ފަރާތުން އިމްތިހާނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ދަފްތަރު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އިމްތިހާނަށްފަހުގައެވެ.
މިކަމަށް އެދި ވަޑައިގަންނަވާ ބޭފުޅުން 15 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވުޒާރާއިން ތައްޔާރުކޮށްފައިވާ ގޫގުލް ފޯމް ފުރުއްވުމަށް އެދިފައިވެއެވެ.
ފޯމްގެ ލިންކް:
ގުޅުންހުރި

ފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމް ފެށިގެން ކުރިޔަށް!

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ މިސްކިތެއް ބިނާ ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
