
--
ޗައިނާގެ ކްރިމިނަލް ސިންޑިކޭޓްތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ފިލިޕީންސްގެ ކުރީގެ މޭޔަރު އެލިސް ގުއޯ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި އެވެ.

ފިލިޕީންސްގެ ޖަސްޓިސް މިނިސްޓްރީން ބުނީ ޗައިނާގެ ރަށްވެހިކަން ވެސް އޮންނަ އަދި ގުއޯ ހުއާ ޕިންގްގެ ނަމުން ނަން ދީފައިވާ ގުއޯ އަކީ ފިލިޕީންސްގެ ސެނެޓުން އޭނާގެ ޖިނާއީ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ކޮންގްރެސްގެ ތަހުގީގަށް ހާޒިރުވުމަށް ދެކޮޅު ހެދުމުން ބޭނުންވާ މީހެއް ކަމަށެވެ.
އެ ތުހުމަތުތައް ދޮގުކުރައްވައި ގުއޯ ވަނީ އޭނާއަކީ ފިލިޕީންސްގެ ރައްޔިތެއް ކަމަށާއި އޭނާގެ މައްޗަށް ކުރެވެމުންދަނީ ނުބައި ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.
ޖަސްޓިސް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައި ވަނީ، ގުއޯ މިވަގުތު ހުންނެވީ އިންޑޮނޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން އިމިގްރޭޝަންގައި ތިއްބެވި ބޭފުޅުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.
މެނީލާގެ އުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ދުރުގައި އޮންނަ ބަމްބާން ޓައުންގެ ކުރީގެ މޭޔަރު ގުއޯ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ 11:58 ހާއިރު ޖަކާޓާގެ ޓަންގޭރަންގް ސިޓީންނެވެ. އިންޑޮނޭޝިއާގެ މީޑިއާތަކުން އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އޭނާ ހުރީ އިންޑޮނޭޝިއާގެ އެންފޯސްމަންޓް އޮފިސަރުންގެ ބެލުމުގެ ދަށުގައި އެވެ.
އެންޓި މަނީ ލޯންޑަރިން ކައުންސިލް (އޭއެމްއެލްސީ) ހިމެނޭ ގޮތަށް ފިލިޕީންސްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގުޅިގެން މިދިޔަ މަހު ވަނީ ގުއޯ އާއި އިތުރު 35 މީހެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ގިނަ ދައުވާތަކެއް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އަށް ހުށަހަޅައިފަ އެވެ.
ގުޅުންހުރި

ފިލިޕީންސާއި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަސްކަރީ އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފިލިޕީންސްގެ ކުރީގެ މޭޔަރު އެލިސް ގުއޯ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި

ފިލިޕީންސްއިން އެމްޕޮކްސްގެ ކޭސްއެއް ފެނިއްޖެ
