logoEN
cocacola
ކައުސަރުގެ މޮޅު ކުޅުމާއެކު ޕެމާ އަތުން ޔުނައިޓެޑް ބީއެމްއެލްއަށް ފަސޭހަ މޮޅެއް

ކައުސަރުގެ މޮޅު ކުޅުމާއެކު ޕެމާ އަތުން ޔުނައިޓެޑް ބީއެމްއެލްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

9/4/2024, 12:51:02 PM

# އަންހެން ދެވަނަ ޑިވިޝަން# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024

ޔުނައިޓެޑް ބީއެމްއެލް އާއި ޕެމާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ބީގައި މިއަދު މެންދުރު ޔުނައިޓެޑް ބީއެމްއެލް އާއި ޕެމާ ވާދަކުރި މެޗު ފަސޭހަކަމާއެކު 11-21 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ޕެމާ ކުޅުނު ފުރަތަމަ މެޗުގައި 06-25 ގެ ނަތީޖާއަކުން އެމްއެންޑީއެފް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި، ވާދަވެރި ކުޅުމަކަށްފަހު އާސަންދަ އަތުން އެޓީމު މޮޅުވީ 08-10 ގެ ނަތީޖާއަކުންނެވެ. އަދި ޔުނައިޓެޑް ބީއެމްއެލްގެ ފުރަތަމަ މެޗުގައި 15-11 ގެ ނަތީޖާއަކުން އާސަންދަ އަތުން އެޓީމު މޮޅުވިއިރު، މިއީ އެޓީމުގެ ދެވަނަ މެޗެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޔުނައިޓެޑް ބީއެމްއެލް އިން މެޗު ޑޮމިނޭޓްކުރި އިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތް ޕޮއިންޓްގެ ލީޑަކާއެކު 02-09 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 12 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕެމާ އިން ވަނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ބީއެމްއެލްގެ ކައުސަރު އާދަމް ސައީދު އެވެ. އޭނާ ވަނީ މިމެޗުގައި ފަސް ލަނޑު ކާމިޔާބުކުރުމުގެ އިތުރުން، މިމެޗުން އެޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ޔުނައިޓެޑް ބީއެމްއެލްއަށް ހަ ޕޮއިންޓް ލިބިފައިވާއި، މިމެޗުން ބަލިވި ޕެމާއަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ