
-
ޣައްޒާގައި ސިއްހީ ސާމާނާއި އެހީ ހިފައިގެން ދަތުރުކުރަމުން ދިޔަ އެމެރިކާ ޖަމިއްޔާއެއްގެ އުޅަނދަކަށް ޔަހޫދީން ހަމަލާދީފި އެވެ.

އެމެރިކަން ނިއާ އީސްޓް ރެފިއުޖީ އެއިޑް (އަނޭރާ) ހިއުމެނިޓޭރިއަން އޯގަނައިޒޭޝަނުން ބުނީ އެހީހިފައިގެން ދަތުރުކުރި ގާފިލާއަށް ޔަހޫދީން މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ. އެގޮތުން ހަމަލާ އަމާޒުވިީ ޣައްޒާގެ އެމިރާތީ ހޮސްޕިޓަލަށް ސިއްހީ ސާމާނާއި ތެޔޮ ހިފައިގެން ދަތުރުކުރަމުންދިޔަ އެމްބިއުލާންސްއަކަށް ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ބުރާސްފަތި ދުވަހު ހަނގުރާމަވެރިން އެ ގާފިލާ ހިފަހައްޓާފައި ވަނިކޮށް އިޒްރޭލުން ބަޑިޖެހީ ކަމަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކަމަށްވެސް އެޖަމިއްުޔާއިން ވަނީ ބުނެފައި އެވެ.
އަނޭރާގެ ފަލަސްތީނުގެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު ސަންޑްރާ ރަޝީދު ވިދާޅުވީ މި ހަމަލާގައި ރަފާގެ އަލްހެލާލް އަލް އެމިރާތީ މެޓާނިޓީ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގެނައުމަށް އެ ޖަމާއަތުން ބޭނުންކުރަމުން ދިޔަ ޓްރާންސްޕޯޓް ކުންފުންޏެއްގައި މަސައްކަތް ކުރާ އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާގެ ސަލާހު އަލްދީން މަގުގައި ދިން މި ހަމަލާގައި ގެއްލުންވެފައިވަނީ އެހީގެ ފުރަތަމަ އުޅަނދުގައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



