logoEN
cocacola
ބިދޭސީންގެ އޮޕަރޭޝަނުގައި ކަމާބެހޭ ހުރިހާ އިދާރާއަކުން ދެން ބައިވެރިވާނެ!

ބިދޭސީންގެ އޮޕަރޭޝަނުގައި ކަމާބެހޭ ހުރިހާ އިދާރާއަކުން ދެން ބައިވެރިވާނެ!

އަހުމަދު ޝުރާއު

logo

8/22/2024, 3:27:05 PM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ފޮޓޯ: ޕީއެސްއެމް

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނުގައި ކަބާގުޅުންހުރި ހުރިހާ އިދާރާތަކެއް ބައިވެރިކޮށް އޮޕަރޭޝަން އިތުރަށް ފުޅާ ކުރަން ނިންމައިފި އެވެ.

ގޮސިޔާ

މިކަން ހާމަކުރެއްވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އެވެ. އެގޮތުން އިހްސާން ވިދާޅުވީ އޮޕަރޭޝަން އިތުރަށް ފުޅާކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީ ޓާސްކްފޯހުގައި ހިމަނަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އަންގަވާފައިވާ ކަމަށެވެ. މިއާއި އެކު އެ އޮޕަރޭޝަން ދެން ކުރިޔަށްދާނީ އެއިދާރާތަކާއި އެކުގައި ކަން އިހުސާން ހާމަކުރެއްވި އެވެ.

މިފަދައިން ސަރުކާރުން ނިންމާފައިމިވަނީ މި އޮޕަރޭޝަންގައި ރެއިޑްކުރާ ތަންތަނަކީ މާލޭގައި އާންމު ފިހާރަތަކާއި ކެފޭތަކުގައި ވިއްކަން ހުންނަ ކާބޯތަކެތި ތައްޔާރުކުރާ މުޑުދާރު ތަންތަން ކަމުންނެވެ. އިހްސާން ވިދާޅުވީ މި ނިންމުމާއި އެކު މީގެ ފަހުން ބިދޭސީން ހައްޔަރުކުރުމުގެ އިތުރުން އެފަދަ ތަންތަން ބަންދުކޮށް ތަނުގެ ވިޔަފާރީ ކުރުން ހުއްޓުމަކަށް ގެނައުމަށް ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން މީގެ ކުރިން އޮޕަރޭޝަންގައި ބިދޭސީން ހައްޔަރުކުރާ ފަހުންވެސް އެތަންތަނުގައި ވިޔާފާރީ ކުރާ މައްސަލަތަކުގެ ޝަކުވާތައް ލިބިފައިވާ ކަން އިހްސާން ފާހަގަކުރެއްވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އަދި ރަޖިސްޓާނުކޮށް ހިންގާ ތަންތަން ބަންދުކޮށް، އެ ވިޔަފާރިތައް މަނާކުރާނެ ކަމަށާއި މާދަމާ އަމަލު ކުރަން ފަށާ ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނު އެމްއެފްޑީއޭ އަށް ބޮޑެތި ބާރުތައް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރެޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި ރެއިޑްތަކުގައި ބަލާފާސްކުރަމުންދާއިރު ރަޖިސްޓްރީ ނުކޮށް ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގާ ތަނެއް ހުރިނަމަ އެތަނުންކުރާ ވިޔަފާރި ހުއްޓުވާ ފިޔަވަޅުއަޅާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ