logoEN
Sto top
ބުޅާ މަރައި، އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރޭވެ މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި

ބުޅާ މަރައި، އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރޭވެ މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި

އަހުމަދު ޝުރާއު

logo

8/19/2024, 2:37:53 PM

# މޯލްޑިވްސް އިމިގްރޭޝަން

--

ބުޅާ މަރައި، އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރޭވެ މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި އެވެ.

Wamco

ބުޅާ މަރި އޭގެ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތު ބިދޭސީއަކަށް ކޮށް މިއަދު މީސްމީޑިއާގައި ވަނީ ވީޑިއޯއެއް އާންމުވެފައި އެވެ. އެވީޑޯއިން އޭނާ މާލޭގައި ބުޅާ ގިނައިން އުޅޭ ސަރަހައްދަކުން ބުޅާ ހިފަން ގޮސް ހުރި މަންޒަރުވެސް ފެނެއެވެ. އަދި އޭނާ ބުޅަލުން ކާބޯތަކެތި ހަދާކަމަށްވެސް ވަނީ ތުހުމަތުކޮށްފައި އެވެ. މީގެ އިތުރުން ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެއީ ގަވާއިދާ ޚިލާފަށް މާލޭގެ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާއި އޭނާ އަކީ ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް އަދި އޭގެ މަސް ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ބުނެފައި އެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ މި ބިދޭސީ މީހާއާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މައުލޫމާތައި ގުޅިގެން އިމިގްރޭޝަނުން އެތަނަށް ހާޒިރުވި ކަމަށެވެ. އަދި އޭނާ އެތަނުން ފެނިފައި ނުވާތީ އޭނާ އިމިގްރޭޝަނަށް ހާޒިރު ވުމަށް އަންގާ ނޯޓިސް ނެރެފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އިމިގްރޭޝަނުން ވަނީ އަރަފާތް ހޮސައިން ނަމަކަށް ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އެ ފިރިހެން މީހާ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ.

އަދި އޭނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައި ނުވަތަ، އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside