logoEN
cocacola
އެމެރިކާގެ އެހީގައި ދިވެހިރާއްޖޭގައި ހަކަތައިގެ މަޝްރޫޢެއް ފެށުމަށް އެމް.އޯ.ޔޫ އެއްގައިސޮއިކޮށްފި

އެމެރިކާގެ އެހީގައި ދިވެހިރާއްޖޭގައި ހަކަތައިގެ މަޝްރޫޢެއް ފެށުމަށް އެމް.އޯ.ޔޫ އެއްގައިސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/7/2024, 9:07:21 AM

# ރާއްޖެ - އެމެރިކާ

--

ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކަށް މަގުފަހިކުރުމަށްޓަކައި، އެމެރިކާގެ ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ އިދާރާ (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

މި އެއްބަސްވުމުގެ ދަށުން ފެށޭ "ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް" (ސާރެޕް) މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ވިދާޅުވީ ހަކަތަ ރައްކާތެރިކަން އިތުރުކޮށް، ހަކަތައިގެ ކުރިއަރާފައިވާ ހައްލުތައް ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވާފައިވެއެވެ. ޔޫއެސްއެއިޑްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ހަކަތައާ ގުޅޭ ތަފާތު ގޮންޖެހުންތައް ހައްލުކުރުމުގައި މިފަދަ ޕާޓްނަޝިޕްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެރަސްމިއްޔާތުގައި ޔޫއެސްއޭއިޑްގެ ބިއުރޯ ފޯ އޭޝިއާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މިސްޓަރ މައިކަލް ޝިފަރ ވަނީ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފަ އެވެ.

މި މަޝްރޫޢަކީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި ހަކަތަ ބޭނުންކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށް ބާރުއަޅައި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް މަގުފަހިކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ސަރެޕްގެ އަމާޒަކީ އަގުހެޔޮ، އިތުބާރު ހުރި، އަދި ދެމެހެއްޓެނިވި ހަކަތަ ލިބުން ރަނގަޅުކުރުމުގައި އިސްކަންދޭ ކަންކަމާއި އަމާޒުތަކަށް އެހީތެރިވުމާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އެންމެ ރަނގަޅު އުސޫލުތަކާއި ލިބިފައިވާ ފިލާވަޅުތައް ހިއްސާކުރުމެވެ. ސަރެޕްގެ އިންޓަރވެންޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރީޖަނަލް އެނާޖީ މާކެޓް އިންޓަގްރޭޝަން، އެޑްވާންސްޑް އެނާޖީ ސޮލިއުޝަންސް އެންޑް ސިސްޓަމްސް، ޔުޓިލިޓީ މޮޑަނައިޒޭޝަން، އިންވެސްޓްމަންޓް މޮބިލައިޒޭޝަން، އަދި ބެސްޓް ވެލިއު ޕްރޮކިއުމަންޓަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ