
ޕައު ވިކްޓާ ގެ ދެލަނޑާއެކު ބާސެލޯނާ އިން ރެއާލް މެޑްރިޑް ބަލިކޮށްފި
# ޕްރީ ސީޒަން ފްރެންޑްލީ# ބޭރު ދުނިޔޭގެ ކުޅިވަރުބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން
ކުރިއަށް، އޮތް ސީޒަނަށް ތައްޔާތުވުމުގެ ގޮތުން ބާސެލޯނާއި ރެއާލް މެޑްރިޑް ރޭ ފަތިހު ވާދަކުރި އެކުވެރިކަމުގެ މެޗު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ އިން އޮލޮޓް އަދި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު ދެމެޗުން އެޓީމު މޮޅުވެފައިވާއިރު، ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި އޭސީ މިލާން އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ދެޓީމުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުން 12 މިނެޓް ކުޅުނު ފަހުން ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ގަޑިއެއްހާއިރަށް ފުރަތަމަ ހާފުގެ ކުޅުން މެދުކަނޑާލަންޖެހުނެވެ. އަދި އަލުން ކުޅުފެށީ ކުޅުން މެދުކަނޑާލި ހިސާބުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޕައު ވިކްޓާ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޕައު ވިކްޓާ އެވެ. މިއީ އެޓީމުގެ ޒުވާން ޑިފެންޑަރ އެލެކްސް ވަލޭ އަރިމަތިން ގޯލު ކުރިމައްޗަށް ހުރިސްކޮށްދިން ބޯޅައެއް ރެއާލްގެ ގޯލު އޭރިއާތެރޭގައި މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރެއާލަ މެޑްރިޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ނިކޯ ޕާޒް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ އަޑާ ގުލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެ..
އައު ސީޒަނަށް ތައްޔާރުވުުގެ ގޮތުން ރެއާލް މެޑްރިޑުން އިތުރު އެއްމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ހަތްވަނަ ދުވަހު އެޓީމުން ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އަދި ބާސެލޯނާ އިން އެކުވެރިކަމުގެ އިތުރު ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ހަތްވަނަ ދުވަހު އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗަށްފަހު 12 ވަނަ ދުވަހު އެޓީމުން ނުކުންނާނީ މޮނާކޯ އާއި ދެކޮޅަށެވެ
ގުޅުންހުރި

އެންޓޮނީގެ މޮޅު ކުޅުމާއެކު ރެއާލް ބެޓިސް ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި

ޗެންޕިއަސް ލީގުހޯދުމަށް، ޕްރެމިއާ ލީގު ގުރުބާންކޮއްލި އާސެނަލް ޕީއެސްޖީ އަތްދަށުވެ މުބާރާތުން ކަޓައިފި
