
1 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި
# މަސްތުވާތަކެތި# ދިވެހި ފުލުހުންގެ ޙިދުމަތް--
ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ޖުލައި 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލޭގެ އެޕާޓްމަންޓަކާއި ގެސްޓު ހައުސްއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1257 ގްރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ 24 އަހަރުގެ ޕާކިސްތާނު މީހަކާއި 34 އަހަރުގެ ދިވެއްސެއްގެ އިތުރުން 39 އަހަރުގެ ނޭޕާލް މީހެކެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ ފަސް ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެއްޖެ: އެކަކަށް ފަރުވާދެނީ

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ގެއްލިގެން ހޯދަނީ

140 ގްރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފި

.gif&w=3840&q=75)



