logoEN
cocacola
އާޖެންޓީނާ އަތުން މޮޅުވެ، މޮރޮކޯ އިން މުބާރާތް ފެށީ އިތުބާރާއެކު

އާޖެންޓީނާ އަތުން މޮޅުވެ، މޮރޮކޯ އިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

7/25/2024, 1:00:00 AM

# އޮލިމްޕިކްސް# ފުޓްބޯޅަ

އާޖެންޓީނާ ކޮޅަށް ލަނޑުޖެހުމަށްފަހު މޮރޮކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ

ފުރާންސްގެ ވެރިރަށް ޕެރިހުގައި މިއަދު ފެށި އޮލިމްޕިކް ފިރިހެން ފުޓްބޯޅަ އިވެންޓުގެ ގުރޫޕް ބީގައި އާޖެންޓީނާއި މޮރޮކޯ ވާދަކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މޮރޮކޯ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ސޮފިއާން ރަހީމީ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިހާފުގައި މޮރޮކޯގެ ގޯލާއި އަމާޒުކޮށް އާޖެންޓީނާއަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައިނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ،1-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ މޮރޮކޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުންވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑުފުޅާކޮށްފައެވެ. މިލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ރަހީމީ އެވެ.

މޮރޮކޯ އިން ދެލަނޑުގެ ލީޑެއް ހޯދުމާއެކު އާޖެންޓިނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 68 ވަނަ މނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖިއުލިއާނޯ ސިމިއޯނީ އެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ އިތުރު ވަގުތުގެ 16 ވަނަ މިނިޓްގައި، އާޖެންޓީނާގެ މިޑްފީލްޑަރު ކްރިސްޓިއަން މެޑީނާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އެ ލަނޑު ޖެހުމާ އެކު، މޮރޮކޯ ސަޕޯޓަރުން ހިތްހަަމަނުޖެހިގެން، ދަނޑަށް އެއްޗެހި އުކައި، ފަހުން ދަނޑަށް ގިނަ ސަޕޯޓަރުން އަރަން ފެށުމުން ރެފްރީ ވަނީ މެޗު ހުއްޓާލާފައެވެ. ނަމަވެސް އޭގެ ކުރިން، ރެފްރީ ވަނީ، ވީއޭއާރުން ބެލުމަށްފަހު މެޑީނާ ކާމިޔާބުކުރި ލަނޑަކީ އެއީ އޮފްސައިޑް ލަނޑެކަމަށް ނިންމާފައެވެ. އަދި ސަޕޯޓަރުން ދަނޑުން ނެރުމަށްފަހު އިތުރު ތިން މިނެޓް ކުޅުނު ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ބީގެ އެއްވަނައިގައި މޮރޮކޯ އޮތްއިރު، މިދެޓީމުގެ އިތުރުން މިގުރޫޕްގައި ދެން ހިމެނެނީ އިރާޤް އަދި ޔުކްރެއިން އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ