
-
މިއަހަރުގެ މިނިވަންދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅިގެން އަންނަ ހުކުރު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ, 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ، އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ރާއްޖޭގައި ފާހަގަކުރާ މުނާސަބު ދުވަސްތަކާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް މާލެ ސިޓީ ކައުންސިލުން ހަވީރު ވަގުތު މާލޭގެ މަގުތައް ބަންދު ކުރެއެވެ.
ފަހުގެ

ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުކުރަނީ

ފޭސް 2 ގެ އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ޓަވަރުތަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓުކެނޑޭނެ - ސްޓެލްކޯ

އެމްޓީސީސީގެ ހައުސިންގ ޕްރޮޖެކްޓު ކޮރަޕްޝަނާއި ގުޅިގެން ކުރީގެ ސީއީއޯ ޝާހު ހިމެނޭހެން 5 މީހެއްގެ މައްޗަށް ދައުވާކުރަނީ

ޔަހޫދީން ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމާއިއެކު ޓެންޓުތަކުގެ ރޯވެ އަނދަނީ: ކުޑަކުއްޖަކުވެސް ޝަހީދުވެއްޖެ

މުލަކު ދަނޑު ތަރައްޤީ ކުރީ މުލަކުގެ ޒުވާނުން އެދުނު ގޮތަށް: ރާފިޢު
