logoEN
Sto top
ފޭސް 2 ގެ އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ޓަވަރުތަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓުކެނޑޭނެ - ސްޓެލްކޯ

ފޭސް 2 ގެ އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ޓަވަރުތަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓުކެނޑޭނެ - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

4/16/2025, 6:25:05 PM

# ސްޓެލްކޯ

ފޮޓޯ: އަދަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ޓަވަރުތަކުން މާދަމާ ހެނދުނު ކަަރަންޓުގެ ހިދުމަތް އެއް ގަޑިއިރަށް މެދުކެނޑިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯއިން މިއަދު ބުނީ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި 17 އެޕްރީލް 2025 ވާ ބުރާސްފަތިދުވަހު (މާދަމާ) ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޓަވަރުތަކުގެ އިތުރުން ފޭސް 2 ގައި ހުންނަ ހޯކްސް ޕެޓްރޯލް ޝެޑުން ވެސް ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށް ސްޓެލްކޯއިން ވަނ ބުނެފައި އެވެ.

ކަރަންޓު ކެނޑޭނެ ކަމަށް ހާމަކޮށްފައިވާ ގަޑިތައް އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ އެކުންފުނީގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އަދި މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފާހަގަކޮށް އެކުންފުނިން ވަނީ ކަސްޓަމަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައި އެވެ. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް ވެސް އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside