
ޔަހޫދީން ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމާއިއެކު ޓެންޓުތަކުގެ ރޯވެ އަނދަނީ: ކުޑަކުއްޖަކުވެސް ޝަހީދުވެއްޖެ
# ޣައްޒާނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށް ވައިގެ މަގުން ދިން ހަމަލާއެއްގައި އެކޭމްޕުގެ ޓެންޓުތަކުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއާއި ގުޅިގެން ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ތިބި ޓެންޓުތަކުގައި އަލިފާން ރޯވެ ދަނީ އަނދަމުންނެވެ.
އަދި މި ހަމަލާގައި ފަލަސްތީނުގެ ފިރިހެނަކާއި އޭނާގެ ދަރި ޝަހީދުވެފައިވާ ކަމަށް ވެސް ގުދުސް ނިއުސް ނެޓްވޯކުން ދަނީ ރިޕޯޓުކުރަމުންނެވެ. ޝަހީދުވީ ކުޑަކުއްޖަކުކަން ކަށަވަރުކުރެވުނު ނަމަވެސް އެކުއްޖާގެ ސީދާ އުމުރެއް އަދި ކަށަވަރެއް ނުވެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް 25 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައި އެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
18 މަސްދުވަސްވީ ގަތުލުއާންމުގައި ޖުމުލަ މިހާތަނަށް 51،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ބޮޑު އިންސައްތައެއް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
ގުޅުންހުރި

ޣައްޒާއަށް އުތުރަށް ދިން ހަމަލާއެއްގައި ކުޑަ ދެ ކުދިން ހިމެނޭހެން 4 މީހަކު ޝަހީދުކޮށްލައިފި: މިއަދުގެ ޖުމުލަ އަދަދު 50 އިން މައްޗަށް!

މި ހުކުރުގައި ޔަހޫދީންގެ ހަމަލާތައްވީ އިތުރު: މިއަދުގެ މިވަގުތާއި ހަމައަށް 45 މީހުން ޝަހީދުކޮށްލައިފި

ޔަހޫދީން ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމާއިއެކު ޓެންޓުތަކުގެ ރޯވެ އަނދަނީ: ކުޑަކުއްޖަކުވެސް ޝަހީދުވެއްޖެ
