logoEN
Sto top
މުލަކު ދަނޑު ތަރައްޤީ ކުރީ މުލަކުގެ ޒުވާނުން އެދުނު ގޮތަށް: ރާފިޢު

މުލަކު ދަނޑު ތަރައްޤީ ކުރީ މުލަކުގެ ޒުވާނުން އެދުނު ގޮތަށް: ރާފިޢު

އަހުމަދު ޝުރާއު

logo

4/16/2025, 5:53:17 PM

# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ

--

މ. މުލަކުގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަ ދަނޑަކީ އެ ރަށުގެ ޒުވާނުން އެދިފައިވާ ގޮތަށްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު ރާފިޢު ވިދާޅުވީ މުލަކުގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ރަށަށް މިދިޔަ އަހަރު ކުރެއްވި ދަތުރުގައި ރަށުގެ ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމައިދިނުންކަމަށެވެ.

2024ގެ ޖުލައި މަހު ދަނޑު އޮތް ހާލަތަށް ބަލާއިރު ދަނޑުގެ ސަބްބޭސް އަޅާފައި އޮތް ގޮތުން ވާރޭ ވެހޭ ދުވަސްވަރު ދަނޑުގައި ފެން ހެދި ކާނުތައް ބެދި ފެން ބޮޑުވެ ގިނަ އުނދަގޫތަކެއް ދިމާވިއެވެ. މީގެ އިތުރުން ދަނޑުގައި ގަސް ހެދި އޮތީ ސާފުކުރަންވެސް ޖެހިފައެވެ.

ވަޒީރު ވިދާޅުވީ މުލަކު އަތޮޅު ކައުންސިލާއި، ޒުވާނުން އެދުނު ގޮތަށް ދަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ސަބްބޭސް ރަނގަޅުކުރެވުނުކަމަށެވެ. އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްދިޔަ މި މަސައްކަތަށް ދެ ލައްކަ ފަސްދޮޅަސް ހަތް ހާސް ރުފިޔާ ހޭދަވިއެވެ.

ސަބްބޭސް ރަނގަޅުކޮށް، ކާނުތަކަށް ގެންނަން ޖެހޭ މަރާމަތުތައް ގެނެސް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތްވެސްކުރީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަށް ރަށުގައި ޤާއިމްކުރާ ކުޅިވަރު ވަސީލަތްތަކަކީ އެ ރަށެއްގެ ކައުންސިލާއި، ޒުވާނުން ބޭނުންވާ ގޮތަށް ޤާއިމްކުރާ ވަސީލަތްތަކަކަށްވާނެކަމަށާއި، މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމެއްކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside