logoEN
Sto top
ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުކުރަނީ

ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުކުރަނީ

އަހުމަދު ޝުރާއު

logo

4/16/2025, 6:35:33 PM

# ހުޅުމާލެ

--

ހުޅުމާލޭގެ އިމާރާތްކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީން ފަށައިފި އެވެ.

Wamco

ހުޅުމާލޭގެ ފޭސް 2 ގައި އިތުރު މިސްކިތެއް އިމާރާތްކުރުމަށް މިއަދު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި އެކު ބޭއްވި ސޮއިކުރުމުގެ ބައްދަލުވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މެލޭޝިޔާ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކުގައި ވެސް ޝޮޕިން މޯލްތަކާއި އެ ނޫން ވެސް ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރަން ޚާއްސަ ތަންތަން ހުންނަ ކަމަށާއި އެހެން ކަމުން ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ތަންތަން ހުރުން ވަރަށް މުހިންމު ކަމަށެވެ.

ހުޅުމާލެ ވަރަށް ބާރަށް ތަރައްގީވެ އުމްރާނީ ގޮތުން ކުރިއަރަމުން އަންނަ އިރު ބޮޑެތި އިމާރާތްތަކުގެ ކައިރީގައި މިސްކިތެއް ނެތް ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އެހެން ކަމުން ބޮޑެތި އިމާރާތްތަކަށް ޒިޔާރަތް ކުރާ މީހުންނާއި އެހެން މީހުންނަށް ނަމާދު ކުރެވޭނެ ގޮތަށް އިމާރާތްތަކުގެ ތެރޭގައި ކޮންމެވެސް މިންވަރެއްގެ ޖާގައެއް ނަމާދުކުރުމަށް ތަނަވަސްވެފައި ހުރުމަކީ އެއީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ ކަމަށެވެ.

އި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް އެޗްޑީސީން ކުރަމުންދާކަމަށާއި އެ ނިންމުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޑރ. މަޢުރޫފް ޖަމީލްގެ އިސް ނެންގެވުމަށް ނިންމެވި ނިންމެވުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެމްޑީ މައުރޫފްއަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside