
މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ މަގުމައްޗަށް ކުނި ނުނެރެން ވެމްކޯއިން އެދެފި
# ވެމްކޯ# މާލެ ސިޓީ--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާލޭގެ ބޮޑެ ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ މި ދަނޑިވަޅުގައި މަގުތަކަށް ކުނި ނުނެރެން ވެމްކޯއިން އިލްތިމާސްކޮށްފި އެވެ.

ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާއެކު ވެމްކޯއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ޚިދުމަތްދިނުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އަދި މި ޙާލަތުގައި, ގޭބިސީތަކާއި ވިޔަފާތަކުން ކުނި ނެރުމުގައި ޚާއްދަ ސަމާލުކަމެއް ދެއްވުމަށާއި އެގޮތުން ކުނި ނެރުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނެގޮތަށް ބެހެއްޓުމަށާއި, މަގުމައްޗަށް ކުނި ނުނެރުމަށް ވަނީ އެދިފައި އެވެ. އަދި ކުނި ނުނެގި ހުރިނަމަ, އެކުންފުނީގެ ހޮޓްލައިން 1666 އަށް ގުޅައި އެކަން ރިޕޯޓްކުރެއްވުމަށް ވަނީ އެދިފައި އެވެ.
މީގެ އިތުރުން ޓްރާންސްފަރ ސްޓޭޝަންތަކުން ޙިދުމަތް ހޯއްދަވާއިރު, އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ މުޕައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވެލެއްވުމަށް ވެސް ވަނީ އެދިފައި އެވެ.
ވެމްކޯއިން ވަނީ ވިއްސާރައާއި ގުޅިގެން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް އަރާފާނެ ބުރޫއަށް މާފަށް އެދިފައި އެވެ.
ގުޅުންހުރި

ކުޅުދުއްފުށީ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

މާދަމާ މާލޭގެ ގޭބިސީތަކުގެ ކުނި ވެމްކޯއިން ނަގާނީ މެންދުރު ދޭކުން އިރުއޮއްސި ހަޔަކާއި ހަމައަށް!

އައު ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތަކުގައި ވެމްކޯ މުވައްޒަފުންވެސް އެހީތެރިވަނީ!
