
--
މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މާފަންނު ޝީ ބިލްޑިންގ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުންނަ އިމާރާތެއްގައި އެވެ.
އެސަރަހައްދުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއުއިން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު މި އަލިފާންގަނޑު ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފެށި ކަމަށް މައުލޫމާތު ލިބެނީ މިއަދު ހެނދުނު 07:00 ހާއިރު އެވެ.
މައުލޫމާތު ލިބޭގޮތުގައި ސިފައިން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައި އެވެ.
މި ހާދިސާގައި މީހަކަަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ސިފައިންނާއި ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ގުޅުންހުރި

އައްޑޫ ކައިރިން ދަތުރުކުރި ބޭރުގެ މުދާއުފުލާ ބޯޓެއްގެ ބަލިމީހަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެދީފި

ގ. މިތުރު ގޭގައި ރޯވުން: އަލިފާން ރޯވީ ގޮދަޑި މަތީގައި އޮތް އިލެކްޓްރޯނިކް ވަސީލަތެއްގައި ކަމަށް ބެލެވޭ!




