logoEN
WAMCO TOP 1
ޔަހޫދީންގެ ހަމަލާއެއްގައި ލުބުނާނުގެ ސިފައިންތަކެއް ޒަހަމްވެއްޖެ

ޔަހޫދީންގެ ހަމަލާއެއްގައި ލުބުނާނުގެ ސިފައިންތަކެއް ޒަހަމްވެއްޖެ

އަހުމަދު ޝުރާއު

logo

7/21/2024, 5:25:36 PM

# ލުބުނާނު

ޔަހޫދީން އިސްރާއިލުގެ އަސްކަރިއްޔާއިން ލުބުނާނަށް މިއަދު ދިން ހަމަލާއެއްގައި އެގައުމުގެ ސިފައިންތަކެއް ޒަހަމްކޮށްލައިފި އެވެ.

THE TRAVELLER AD

ލުބުނާނުގެ ދެކުނުގައި އޮންނަ އަލްމާ އަލް ޝާބްގެ ބޭރުގައި އިޒްރޭލުން ލުބުނާނުގެ އަސްކަރީ މަރުކަޒަކަށް ދިން ބޮމުގެ ހަމަލާއެއްގައި ލުބުނާނުގެ ދެ ސިފައިން ޒަހަމްވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ވަނީ ބުނެފައި އެވެ.

މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް ޔަހޫދީން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ޔަހޫދީ އިޒްރޭލާއި ލުބުނާނު އަސްކަރިއްޔާއާއި ދެމެދު އެއްވެސް ހަމަލާބަދަލުކުރުންތަކެއް ކުރިޔަށް ނުދާ ނަމަވެސް ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތާއި ޔަހޫދީންނާއި ދެމެދު ބޮޑެތި ހަމަލާ ބަދަލުކުރުން ދަނީ ކުރިޔަށް ދަމުންނެވެ.

އެގޮތުން ހިޒްބުاللهއިން ދަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން ޔަހޫދީންނަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ދީ ބޮޑެތި ހަމަލާތަކެއް ދެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC