
--
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕް އަވާހަރަކޮށްލުމަށް ހަމަލާދީފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ.އެ ހަމަލާ ކުށްވެރި ކުރައްވާ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އަނިޔާވެރިކަމަށް ޖާގައެއް ނެތް ކަމަށެވެ. އަދި ކޮންމެ ތަނެއްގައި ހިނގާ ހުރިހާ ބާވަތެއްގެ އަނިޔާވެރިކަން ހަރުކަށިކޮށް ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެގައުމުގެ ރިޔާސީ އިންތިހާބުގައިވެސް މިއަހަރު ވާދަކުރައްވާ ޓްރަމްޕުގެ ކެމްޕެއިން އޮފީހުން ބުނެފައިވާ ގޮތުގައި މެޑިކަލް ފެސިލިޓީއެއްގައި ފަރުވާ ހޯދަމުންދާ ޓްރަމްޕްގެ ހާލު ރަނގަޅެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ޓްރަމްޕު އެފެސިލިޓީއިން ދޫކޮށްލާނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕަށް ބަޑިން ހަމަލާދިން މީހާ ވަނީ މިހާރު މަރާލާފައި އެވެ. އަދި މި ހަމަލާގައި ރެލީގައި ބައިވެރިވި އާންމު މީހަކުވެސް މަރުވެފައިވާ ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ެއެމެރިކާއާއިއެކު ފަތުރުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އެމެރިކާގެ އެހީގައި ދިވެހިރާއްޖޭގައި ހަކަތައިގެ މަޝްރޫޢެއް ފެށުމަށް އެމް.އޯ.ޔޫ އެއްގައިސޮއިކޮށްފި

ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
