logoEN
cocacola
އަލް ގުދުސް ބްރިގޭޑުން ޔަހޫދީ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އަލް ގުދުސް ބްރިގޭޑުން ޔަހޫދީ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އަހުމަދު ޝުރާއު

logo

7/10/2024, 6:44:22 PM

# ޔަހޫދީ އިސްރާއީލް

ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން ޔަހޫދީ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި އެޖަމާއަތުގެ ހަތިޔާރު އެޅި ގޮފި އަލް ގުދުސް ބްރިގޭޑުން މިއަދު ވަނީ ޣައްޒާގެ އިރުމަތީގައި އޮންނަ ޝުޖާޔާ އަވަށުގައި ޔަހޫދީ ސިފައިންނާއި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައި އެވެ.

އެގޮތުން ޝުޖާޔާ އަވަށުގެ ގެއެއްގެ ތެރޭގައި އިސްރާއީލުގެ ސްޕެޝަލް ފޯސްތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ޔަހޫދީ ސިފައިންތަކެއް މަރާލާ އެތައް ސިފައިންތަކެއް ވަނީ ޒަހަމްކޮށްލާފައި ކަމަށް އަލް ގުދުސް ބްރިގޭޑުން ބުނެއެވެ.

މީގެ އިތުރުން އިޒްރޭލުގެ އަސްކަރީ އުޅަނދުތަކަށް އަމާޒުކޮށް ހަމަ އެސަރަހައްދުގައި ވަރުގަދަ ބޮންތަކެއް ވެސް ގޮއްވާލާފައިވާކަމަށް އެޖަމާއަތުން ބުނެއެވެ.

އަލް ގުދުސް ބްރިގޭޑުން އިތުރަށް ބުނީ ޝުޖާޔާގެ އިރުމަތީގައި އޮންނަ ޓަލެޓް އަލް މަންތާރު ކައިރީގައި އިޒްރޭލު ސިފައިންގެ ސްނައިޕަރަކު ހަނގުރާމަވެރިންގެ ބަޑީގެ ހަމަލާއެއްގައި މަރާލާފައިވާ ކަމަށެވެ.

މި ހަމަލާތަކާއި ގުޅިގެން އަދި މިހާތަނަށް ޔަހޫދީ ސިފައިން ބަހެއް ބުނެފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ