logoEN
cocacola
ވެލާނާ އެއާޕޯޓުގައި ހެދި މޮނިއުމެންޓް ހުޅުވައިފި

ވެލާނާ އެއާޕޯޓުގައި ހެދި މޮނިއުމެންޓް ހުޅުވައިފި

އަހުމަދު ޝުރާއު

logo

7/9/2024, 10:55:59 AM

# ވީއައިއޭ

--

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި ހެދި މޮނިއުމެންޓު ރަސްމީކޮށް ހުޅުވައިފި އެވެ.

ގޮސިޔާ

މި މޮނިއުމެންޓް ބަހައްޓާފައިވަނީ ސިނަމާލެ ބުރިޖާ ގުޅިފައިވާ ހަލިމަގުން އެއާޕޯޓަށް ވަންނަ ދިމާލުގަ އެވެ. އެގޮތުން މޮނިއުމެންޓުގައި ރާއްޖޭގެ ތާރީހާ ގުޅުވައި, ގަލުވަޑާމުގެ ޑިޒައިންއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގެ އިތުރުން ލެޑް ސްކްރީނެއް ހަމަނާފައި ވެއެވެ.

އެމްއޭސީއެލުން ބުނީ މޮނިއުމެންޓުގައި ހިމެނޭ ލެޑް ޕެނަލްއިން އެއާޕޯޓުގައި ހިނގަމުންދާ ޚާއްސަ ހަރަކާތްތަކުގެ ތަފްސީލްތައް ފެނިގެންދާނެ ކަމަށެވެ. މޮނިއުމެންޓުގައި ހިމެނޭ ގަލުވަޑާމުގެ ޑިޒައިންއަކީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި އެކްސްޓީރިއާގައިވެސް ބޭނުންކުރާ ޑިޒައިންއެވެ.

މި މޮނިއުމެންޓް ހުޅުއްވައި ދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ.

އެމްއޭސީއެލުން ބުނީ މިއީ ސްޓްރަކްޗަރަލް ޑިވެލޮޕްމަންޓްތައް މެދުވެރިކޮށް ވީއައިއޭގައި ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުންވެސް ފަސިންޖަރުންގެ ލުއިފަސޭހަކަމަށްޓަކައި، ޕިކަޕް ޕޮއިންޓްތަކަށް ގެނައި ބަދަލުތަކާއެކު، އެއަރޕޯޓުގެ ތެރޭގައި ޓްރެފިކް ފްލޯ ވެސް ރީޑިޒައިން ކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން މިހާރު ދަނީ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އާ ޓާމިނަލް އެއްކޮށް ބޭނުންކުރަން ފެށުމުން ގާތްގަނޑަކަށް އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި މި އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ އެވެ. މިހާރު ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނަށް ހިދުމަތް ދޭއިރު އާ ޓާމިނަލްއާ އެކު، އިތުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ