logoEN
cocacola
މިނިސްޓަރ ޒަމީރު ބްލިންކިން އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ ޒަމީރު ބްލިންކިން އާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/26/2024, 7:43:31 AM

# ރާއްޖެ - އެމެރިކާ# މިނިސްޓަރ ޒަމީރު

--

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަންއާ ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުން އޮތީ މިހާރު މިނިސްޓަރ ޒަމީރު އެމެރިކާއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ވޮޝިންގޓަންގައި އެވެ.

މިނިސްޓަރ ޒަމީރާއި ސެކްރެޓަރީ ބްލިންކެންއާ ދެމެދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާކުރުމާއި، އިގްތިސާދީ ކުރިއެރުމަށް އަޒުމް ކަނޑައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުން ހިމެނެއެވެ.

ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިތުރު މަގުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ހަމަޖެހުމާއި، ކަނޑުގެ ސަލާމަތާއި، ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދެޤައުމުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ބްލިންކެން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މަރުޙަބާ ވިދާޅުވެ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ފޯރުކޮށްދޭ ތަޢުލީމީ ފުރުޞަތުތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިންނަށް ފަސޭހަކަމާއެކު ވިސާ ގެނައުމުގެ ޚިދުމަތުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ސަގާފީ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ގުޅުން ތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދާއި ސެކްރެޓަރީ އޮފް ބައިލެޓަރަލް ޑރ ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބާއި ކައުންސެލަރ ޒީނާ ދީދީ އާއި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހައިލް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ