logoEN
cocacola
ފަސޭހަކަމާއެކު ރަށުން ބޭރުގައި ފުލަމް ބަލިކޮށް ސިޓީ އެއްވަނައަށް

ފަސޭހަކަމާއެކު ރަށުން ބޭރުގައި ފުލަމް ބަލިކޮށް ސިޓީ އެއްވަނައަށް

ހަސަން ޝަމްއޫން

logo

5/11/2024, 3:10:02 PM

# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# ފުލަމް

ސިޓީގެ ކުޅުންތެރިން ފުލަމް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިިހިރު ދުވަހުގެ ހަވީރު ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެރެއިން 19 މެޗުން މެންޗެސްޓާ ސިޓީ މޮޅުވެފައިވާއިރު، ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ފުލަމް އަތުން މެންޗެސްޓާ ސިޓީ އެންމެ ފަހުން ބަލިވެފައި ވަނީ 2009 ވަނަ އަހަރު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ ސިޓީ އިނަނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރިއޭޝިއާ ޑިފެންޑަރު ގްވާޑިއޯލް އެވެ.

މިއީ އެޓީމުގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ފޮޑެން އަދި ގްވާޑިއޯލް ކާމިޔާބުކުރި މިދެލަނޑުޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިިލްވާ އެވެ.

މިމެޗުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމު އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. މިއި ފުލަމްގެ ޕެނަޓީ އޭރިއާތެރެއިން އެޓީމުގެ އީސާ ޑިއޮޕް ސިޓީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިފައުލާއި ގުޅިގެން މެޗުގެ ރެފްރީ އެންތަނީ ޓެއިލާ ވަނީ ޑިއޮޕް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 36 މެޗުން މެންޗެސްޓާ ސިޓީއަށް 85 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އަށް 36 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. އަދި ލީގުގައި ކޮންމެ ޓީމަކަށް ބާކީ ދެމެޗު އޮތްއިރު، މިމެޗުން ބަލިވި ފުލަމް ލީގުގައި ކުޅުނު 37 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ