
6 އަހަރަށް ފަހު ޕްރެމިއާ ލީގު "ޕްލޭޔާ އޮފް ދަ މަންތް"ގެ އެވޯޑް ޗެލްސީގެ ކުޅުންތެރިއަކު ހޯދައިފި
# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީކޯލް ޕަލްމާ
އިގިރޭސި ޕްރެމީއާ ލީގުން ކޮންމެ މަހަކުވެސް ހޮވާ "ޕްލޭޔާ އޮފް ދަ މަންތް" ގެ އެވޯޑް ހަ އަހަރަށް ފަހު ޗެލްސީގެ ކުޅުންތެރިއަކަށް ލިބިއްޖެއެވެ.

އެގޮތުން މިދިޔަ އެޕްރީލް މަހުގެ "ޕްލޭޔާ އޮފް ދަ މަންތް" އެވޯޑް ޗެލްސީގެ ޒުވާން މިޑްރީލްޑަރު ކޯލް ޕަލްމާ ހޯދާފައިވާއިރު، މިއީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ޕްރެމިއާ ލީގުގެ މޮޅުކުޅުންތެރިއާގެ އެވޯޑް ޗެލްސީގެ ބެލްޖިއަމް ފޯވާޑް އެޑިން ހަޒާޑު ހޯދިފަހުން ޗެލްސީގެ ކުޅުންތެރިއަކަށް މިއެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.
އެޕްރީލް މަހުގެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް ފަސް ކުޅުންތެރިއަކު ނޮމިނޭޓުވެފައިވާއިރު، ޕަލްމާގެ އިތުރުން ދެން ހިމެނުނީ މެންޗެސްޓާ ޔުނަޓެޑުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް، އާސެނަލްގެ ޖަރުނަން ފޯވާޑް ކައި ހަވަޓްޒް، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ގުވާޑިއޯލް، އެވަޓަންގެ ކީޕަރު ޕިކްފޯޑް އަދި ކްރިސްޓަލް ޕެލަސްގެ ފޯވާޑް ޖީން ލިޕިޕޭ މަޓޭޓާ އެވެ.
އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޕަލްމާ ވަނީ އެޕްރީލް މަހު ޗެލްސީއަށް ކުޅުނު ހަތަރު މެޗުގައި ހަތް ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު އެއް ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އެގޮތުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 4-3 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި ތިން ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެވަޓަން އަތުން 6-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި ޕަލްމާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިސީޒަނުގެ ޕްރެމީއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި ވެސް އޮތީ މިސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއާއި ގުޅުނު ޕަލްމާއެވެ. އޭނާ ވަނީ ލީގުގައި ޗެލްސީއަށް ކުޅެދިން 30 މެޗުގައި 21 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު ނުވަ ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
ގުޅުންހުރި

ޗެލްސީ ބަލިކޮށް ނިއުކާސަލް އިން ޗެންޕިއަން ލީގުގެ ފުރުސަތު ބޮޑުކޮށްފި

އެންޓޮނީގެ މޮޅު ކުޅުމާއެކު ރެއާލް ބެޓިސް ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި
