logoEN
cocacola
އީސީގެ އިންޒާރެއް: އެންޓި ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނަން!

އީސީގެ އިންޒާރެއް: އެންޓި ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނަން!

އަހުމަދު ޝުރާއު

logo

4/15/2024, 4:12:52 PM

# އިލެކްޝަންސް ކޮމިޝަން

އީސީގެ މެމްބަރުން

އެންޓިކެމްޕެއިން ކުރާނަމަ ޤާނުނުގައިވާ ގޮތުގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ގޮސިޔާ

އެންޓި ކެންޕެއިން ކުރުމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން އީސީިއން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށާއި އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިންގެ އަމަލުތައް ފެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށް އިސީން ވިދާޅުވެފައި ވެއެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުންވާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭގޮތަށް މެސެޖެއް ދައުރުކުރަންދާކަން ފާހަގަކުރެވިފައިވާ ކަމަށް އީސީން ވަނީ ފާހަގަކުރައްވާފައެވެ.

View post on Twitter

އެކަމާއި ގުޅިގެން ކޮމިޝަނުން ވަނީ އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން އެފަދަ ޢަމަލުތައް ނުކުރުމަށާއި ކެނޑިޑޭޓުން ސުލޫކީ މިންގަނޑަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ޢަމަލުތައް ހިނގާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ