logoEN
cocacola
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޖަޕާނުން 1.1 މިލިއަން ރުފިޔާގެ އެހީއެއް

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޖަޕާނުން 1.1 މިލިއަން ރުފިޔާގެ އެހީއެއް

އައިޝަތު އިފާޝާ

logo

3/5/2024, 6:45:49 AM

# ސިއްހީ ދާއިރާ# ޖަޕާން

ޖަޕާނު ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތު

ޞިއްޙީ ދާއިރާކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

ގޮސިޔާ

މިއެހީއަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ގެ ދަށުން ދީފައިވާ އެހީއެކެވެ.

މި އެހީއާއި ގުޅޭ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. ރާއްޖެއިން ސޮއިކުރެއްވީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ޗީފް އެގްޒެކެޓިން އޮފިސަރ އިޔާޝާ ލީނާއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 73،538 ޑޮލަރު ނުވަތަ 1.1 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި އެހީގެ ދަށުން ބަލިތައް ދެނެގަތުމަށް، ޝީއަށް ބޭނުންވާ 10 އިކުއިޕްމަންޓެއް ގަތުމަށްވަނީ ހަމަޖެހިފައެވެ.

ޖަޕާން އެމްބަސީން ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން ޝީގެ ތެލިސީމިއާ އެންޑު ޑައިގޮނޯސްޓިކް ލެބޯރެޓަރީއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާނެކަމަށެވެ. އެގޮތުން ޖީން ސީކުއެންސް ޓެކްނޮލޮޖީ އާއި އާއިލާ ރޭވުމާބެހޭ ކުލިނިކުގައި ސްކޭންގެ ޚިދުމަތް ތައާރަފްކުރުން ހިމެނޭ ކަމަށެވެ.

"ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ރާއްޖެއަށް އެކި ދާއިރާތަކުން އެހީވުމަށްޓަކައި ޖަޕާން އެމްބަސީން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

1996 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ތައުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ