logoEN
cocacola
ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ހޯދަން އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން - އެމްޑީޕީ

ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ހޯދަން އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން - އެމްޑީޕީ

އަލްފާ އަލީ

logo

9/17/2023, 12:58:53 PM

202275_3_a59e0d191f8c8483cb1aaf4a81b140c30225f29b_large

ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ހޯދަން އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް އެމްޑީޕީން ބުނެފި އެވެ.

ގޮސިޔާ

އެމްޑީޕީން މިހެން ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ވޯޓުލުމަށް ގިނައަދަދެއްގެ ބަޔަކު ރީރަޖިސްޓްރީކޮށްފައިވާތީ އިދިކޮޅު ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ވީހާވެސް ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ބޭނުން ކުރަން މަސައްކަތް ކުރުމަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހިތްވަރުދީ، އެ ހައްގުގެ ބޭނުން ހިފާތީ އުފާ ކުރަންވީ ވަރުގެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ރިރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ދެދުވަހުން 25000 އަށްވުރެ ގިނަ ފޯމް ރީރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވުމުން ސުވާލު އުފެދޭ ކަމަށެވެ. ސިޔާސީ ޕާޓީތަކާއި، ބައިނަލްއަގުވާމީ މޮނީޓަރުންނާއި އޮބްޒާވަރުން އެކަން ބެލުމަށްވެސް މުއިއްޒު ވަނީ ގޮވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި މައުލޫމާތަށް ބަލާއިރު، ދެ ދުވަސްތެރޭ 25،493 މީހަކުވަނީ ރީރަޖިސްޓަރުކުރަން އެދި ހުށަހަޅާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ